ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި ފުލުހުން އަންހެނަކު ހޯދަން ފަށައިފި އެވެ.
މި މައްސަލާގައި ފުލުހުން ހޯދަމުން އަންނަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޖޫން 18 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފަ އެވެ.
 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					