އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ރޭ ފަތިހު އިޒްރޭލުން ހަމަލާދިނުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ މިސަައިލް ހަމަލާތަކެއް އިޒްރޭލަށް ދީ އެތައް ތަނެއް ބިމާ ހަމަކޮށްލައިފި އެވެ.
އީރާނުން ހަމަލާދިނުމުގައި ބޭނުންކުރީ ހައިޕަ ސޮނިކް އަދި ބެލެސްޓިކް މިސައިލްތަކެއް ކަމަށްވެ އެވެ. އިޒްރޭލުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ މި ހަމަލާގައި ޓެލްއަވީވްގެ އެތައް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެފަ އެވެ.
އިޒްރޭލްގެ އޮފިޝަލަކު ސީއެންއެންއަށް ބުނެފައި ވަނީ މިއީ ދުވަހަކު ވެސް ހިތަށް ނާރާ ވަރުގެ ވަރުގަދަ ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާގައި އިޒްރޭލުގެ މުހިންމު އެތައް ތަނެއް ބިމާހަމަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހަމަލާ ދިނުމުގައި އީރާނުން 300 މިސައިލް ބޭނުންކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އީރާނުން ފޮނުވާލި ހަމަލާތަކެެއް އިޒްރޭލްގެ ހަނގުރާމައާ ބެހޭ މިނިސްޓްރީ އަށާއި އަސްކަރީ މައި މަރުކަޒަށް ވެސް އަމާޒުކޮށްފައިވެ އެވެ. މި ހަމަލާދިން ވަގުތު އިޒްރޭލްގެ އަސްކަރީ ކޮމާންޑަރުންތަކެއް ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ކަމަށް ވެ އެވެ. މީގެ އިތުރުން އިޒްރޭލްގެ ޑެމޯނާގައި ހުންނަ ނިއުކްލިއާ ރިއެކްޓަރަކަށް ވެސް ހަމަލާދިން ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލަށް މިސައިލް ފޮނުވާލުމުން ތެލްއަވީވްގެ އެކި ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރަން ވަނީ އަޅަން ފަށައިފަ އެވެ.
އީރާނުން ދިން މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުން އިޒްރޭލްގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސިފައިންގެ މަރުކަޒުތައް ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ހަމަލާތައް ދީފައިވާ ކަމަށެވެ. މި އޮޕަރޭޝަނަށް "ޓްރޫ ޕްރޮމިސް 3" ގެ ނަމުން ނަން ދީފައިވާއިރު، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އީރާނުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނިގޮތުގައި އީރާނުން އެތައް މިސައިލެއް ފޮނުވާލާފައިވާއިރު، ގޮވުމުގެ އަޑު އިވެމުން ދަނީ އިންޓަސެޕްޝަން ނުވަތަ ވެއްޓުމުގެ ސަބަބުންނެވެ.
އިޒްރޭލުގެ ސިފައިން ވަނީ ރައްކާތެރި ތަންތަނުގައި އާއްމުން ތިބުމަށާއި ބޭރުގެ ތަންތަނުގައި އުޅުން މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެ އުޅުން މަނާކުރުމަށާއި އެލާޓް ނެރެފިނަމަ އިތުރު މައުލޫމާތެއް ލިބެންދެން ރައްކާތެރި ތަނެއްގައި ތިބުމަށް ވެސް ބުނެފައިވެ އެވެ.