މަޝްހޫރު އިނގިރޭސި ޕޮޕް ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ކުރިން ނޭނގޭ ބައެއް ކަންކަން މީޑިއާއާ ހިއްސާކޮށްފި އެވެ.
މިފަހުން ލޯބިވެރިޔާ ކެލަމް ޓާނާއާ އެންގޭޖްވި ޑުއާ ލިޕާ ވަނީ އޭނާގެ ކައިވެންޏާއި އާއިލާއެއް ފެށުމަށް ގެންގުޅޭ ހިޔާލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ކެލަމްއާ އެންގޭޖްވިކަން ޔަގީން ކޮށްދެމުން އޭނާ ބުނީ އެއީ ހަގީގަތެއް ކަމަށާއި އެ ދެމީހުން ވެސް މި ދުވަސްކޮޅު އުޅެނީ އަމިއްލަ ކަންކަމައިގެން ކަމަށެވެ.
"މިއީ ވަރަށް ތަފާތު އިހުސާސެއް. އަހަންނަށް ހީވަނީ އަހަރެންގެ މުޅި އުމުރު ދުވަހަށް އެންމެ ގާތް ރަހުމަތްތެރިޔާ ލިބުނުހެން،" ޑުއާ ލިޕާ ބުންޏެވެ.
ކައިވެންޏާ ބެހޭގޮތުން ޑުއާ ލިޕާ ބުނީ މިވަގުތު ކައިވެނީގެ އެއްވެސް ރޭވުމެއް ނެތް ކަމަށާއި އޭނާއާއި ކެލަމް ވެސް އުޅެނީ އަވަދިނެތިކޮށް ކަމަށެވެ.
އާއިލާއެއް ފެށުމުގެ ހިޔާލު ހުރިތޯ އެހުމުން ކޮންމެވެސް ދުވަހަކުން ދަރިން ހޯދަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެކަމުގެ ހިޔާލެއް ނެތް ކަމަށް ޑުއާލިޕާ ބުންޏެވެ.
ޑުއާ ލިޕާއާއި ކެލަމް އެންގޭޖް ވެފައި ވަނީ އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު މި ހިނގާ ޖޫން މަހުގެ ކުރީކޮޅު އެވެ. ކެލަމްއަކީ އިނގިރޭސި އެކްޓަރެކެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					