މިސްރުގެ މުސްލިމް ލީޑަރެއް ކަމަށްވާ މަހުމޫދު އިއްޒަތު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ބުރާސްފަތި ދުވަހު މިސްރުގެ ގާހިރާގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
މިސްރުގެ ނޫސްތަކާއި ޙަވާލާދީ ރިިޕޯޓުތައް ބުނާ ގޮތުގައި މަހުމޫދު އިއްޒަތުއަކީ ޓެރަރިޒަމްއަށް ވާގިދޭ މުސްލިމް ބްރަދަރހުޑްގެ އިސް ލީޑަރެކެވެ.
އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން އުޅުމާއި ބަރުހަތިޔާރު ސަޕްލައި ކޮށްދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު މިއީ އޭނާގެ މައްޗަށް މިކުށުގައި ޙުކުމް އިއްވި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފަ އެވެ.
މިސްރުގެ ސިފައިން އޭނާ ހައްޔަރުކުރީ އެތައް އަހަރެއްގެ މަސައްކަތަކަށްފަހު 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
1928 ވަނަ އަހަރު އުފެދުނު މުސްލިމް ބްރަދަރހުޑް އަކީ 20ވަނަ ގަރުނުގެ މެދު ތެރޭގައި މިސްރުގެ މައި އިދިކޮޅު ޖަމިއްޔާއެވެ. މި ޖަމިއްޔާގައި ހިމެނި މަސައްކަތް ކޮށްފައިވާ އެހެން ޝަޙުސިއްޔަތުތަކަށް ބަލާއިރު މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ ފާހަގަ ކޮށްލެވެ އެވެ.
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!