ފިލްމީ ތަރިންނަކީ އަބަދުވެސް މީޑިއާއާއި އާއްމުންގެ ފާޑުކިޔުންތައް އަމާޒުވާ ބައެކެވެ. އެމީހުންގެ ޒާތީ ދިރިއުޅުމުން ފެށިގެން ފިލްމީ މަސައްކަތްތަކަށްވެސް ފާޑުކޔުން އަމާޒުވުމަކީ އާއްމު ކަމެކެވެ.
މިފަހަރު މީޑިއާގެ އަމާޒަކަށްވީ ބޮލީވުޑް ތަރި އަނުޝްކާ ޝަރުމާ އެވެ.
މީޑިއާގެ ސަމާލުކަމަށް އަނުޝްކާ އެންމެ ފުރަތަމަ އައިސްފައިވަނީ 2014 ވަނަ އަހަރު ކޮފީ ވިތު ކަރަންގެ އެޕިސޯޑަކުން ފެނިލި ފެނުމަށް ފަހުގަ އެވެ. އެގޮތުން އަނުޝްކާ ވަނީ ތުންފަތް ރީތިކުރުމަށް ޕްލާސްޓިކް ސާރޖަރީ ހަދާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނަމުން ދިޔަ އެވެ.
އެ ހުރިހާ ހަބަރަކަށް ރައްދު ދެމުން އަނުޝްކާ ބުނެފައިވަނީ އޭނާ ބޭނުންކުރީ ވަގުތީ ގޮތުން ތުންފަތް ރީތިކުރާ އުކުޅެއް ކަމަށާއި ޕްލާސްޓިކް ސާރޖަރީ ނުހަދާ ކަމަށެވެ.
ދުވަސްގަނޑަަކަށް މިބަހުސް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މިއޮތީ އެކަން ފެންމަތި ވެފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއު އެއްގައި އަނުޝްކާ ވަނީ އޭނާ ކުރި ކަމެއް ކުރީ ފިލްމް ބޮމްބޭ ވެލްވެޓްގެ ރޯލަށްކަމަށާއި އެކަމުގައި އޭނާ ފޮރުވާނެ އެއްޗެއް ނެތް ކަމަށެވެ. އަދި ދޮގު ހަދަން ބޭނުންނުވާ ކަމަށާއި އޭނާއަކީ ޕާރފެކްޓް މީހެއް ނޫންކަމަށްވެސް އަނުޝްކާ ބުނެފައިވެ އެވެ.
ދާދި ފަހުން އަލަތު ދަރިފުޅު ލިބުނު އަނުޝްކާ ޝަރްމާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާޚްރުކް ޚާން އާއި ކަޓްރީނާ ކައިފް އާއިއެކު ފިލްމު ޒީރޯ އިން ނެވެ.