ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ނިންމުން މިހާރު ވަނީ ކައުންސިލްތަކަށް އަންގާފައި ކަމަށެވެ. މިގޮތަށް ކަނޑައަޅާފައި މިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާ ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސްރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި އަށް މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
