ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމު ހަފްތާއެއްގެ ތެރޭގައި ހުއްޓާލާނެ ކަމަށް ގަބޫލު ކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޣައްޒާ ގަތުލުއާއްމު ހުއްޓާލުމާ ވަރަށް ގާތްވެފައިވާ ކަމަށާއި މިކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މިގޮތުން އަރަބި ގައުމުތަކާ އެކު އިސްރާއީލްގެ ހާރިޖީ ގުޅުން ނޯމަލައިޒޭޝަން އެއްބަސްވުންތަކުގެ ބަދަލުގައި ނަތަންޔާހޫ ކޮންމެ ވެސް ވަރަކަށް ހަނގުރާމަ ހުއްޓާލުމަށް ރުހުން ދޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމާސް އިން ބުނި ގޮތުގައި ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމު ހުއްޓާލުމަށް ޔަހޫދީން އެއްބަސްވާނަމަ ހަމާސްގެ ބެލުމުގައި ތިބި ޔަހޫދީން މިނިވަން ކުރާނެ އެވެ. އެހެންނަމަވެސް އިޒްރޭލުން ވަނީ ގަތުލުއާއްމު ހުއްޓާނީ ހަމާސް ބަލިކޮށްލެވުމުން ކަމަށް ބުނެފަ އެވެ.
ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓުބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން މިހާތަނަށް 56,000 ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
މައީޝާގެ ދަރިއަކު ނުހުރޭ، ޖެންޑާއިން ދަރިފުޅު އަތުލަން ގޮސްފި!
ދެ މަސް އިރުގެ އަލި ނުލިބި ކަނު އަނދިރީގައި!
"ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ"ގައި ބިލް ގޭޓްސްގެ ފެނިލުމެއް؟