މަހަށް ނުކުމެ އުޅުނު އއ.އުކުޅަހު ބަޔަކު ގާތްގަނޑަކަށް 15 ކިލޯހުރި މާވަހަރެއް ހޮވައިފި އެވެ.
މާވަހަރު ފެނުނު މީހުންގެ ތެރެއިން އެކަކު ކަމުގައިވާ، އުކުޅަހަށް ނިސްބަތްވާ އަލީ ޝަހީމް ހަސަން (ކެންޓޭ) ބުނީ މި މާވަހަރު ހޮވީ ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް ކަމަށެވެ.
މިގޮތުން އޭތި ފެނުނީ ކުރަމަތި ރިސޯޓާއި ތޮއްޑުއާއި ދޭތެރެއިން ކުރަމައްޗާއި ތަންކޮޅެއް ކައިރިން ”ފަރުކޮޅު“ ކިޔާ ސަރަހައްދުން ކަމަށް ކެންޓޭ ބުންޏެވެ.
އެ މީހުންނަށް ފެނުނީ ހުދަންބަރެއް ކަމަށް މީގެ ކުރިން މާވަހަރު ފެނުނު މީހުން، ބުނެފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި 12 ކިލޯ އާއި 15 ކިލޯއާއި ދެމެދުގެ ބަރުދަން ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކެންޓޭ ބުނީ މާވަހަރެއްކަން ކަށަވަރުކުރަން ހަދަންޖެހޭ ޓެސްޓް ހެދުމަށް ރާއްޖެއިން އެކަން ކުރަނީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
"ދުރަންދަރް 2"،"ޕުޝްޕާ"އާއި "ބަހޫބާލީ" ވެސް ފަހަތަށް ޖައްސާލައިފި
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި