މައްސަލަ ހުށަހަޅާފައި އޮންނަތާ 5 އަހަރު ވީއިރު ވެސް އެ މައްސަލަ ނުނިމި، މައްސަލާގައި ހިމެނޭ މީހާ މަރުވުމުން އެ މައްސަލަ ބާތިލުކޮށްފި އެވެ.
މި މައްސަލަ އަކީ ބިމާއި އިމާރާތް ކުއްޔަށް ދިނުމާ ބެހޭ މައްސަލަ އަކާ ގުޅިގެން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ. މި މައްސަލައަކީ 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ އެކެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ވަނީ މައްސަލައިގައި ހިމެނޭ އެކަކު، އަނެކަކަށް 700،000 ރުފިޔާ ދައްކަން ހުކުމްކޮށްފަ އެވެ.
މައްސަލަ އިސްތިއުނާފު ކުރަން 2019 ވަނަ އަހަރު ހައި ކޯޓަށް ހުށަހެޅިއިރު، މައްސަލަ ހުށަހެޅި ފަރާތް ނިޔާވީ، މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެކަން އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޯޓަށް އެންގުމުން، ހައިކޯޓުން މައްސަލަ ބާތިލު ކުރީވެސް މިދިޔަ ހަފްތާ އެވެ.
މި މައްސަލަ ކޯޓުން ބާތިލު ކުރީ މި ހާލަތުގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި