މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލުނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މިއަދު ހެނދުނު 9:30 އިން މެންދުރުފަހު 15:30 އަށެވެ.
މިގޮތުން މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާ ކަމަށެވެ.
މީގެ އިތުރުންވެސް ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓާ ދެމެދު ހުންނާނެކަން ފާހަގަކުރަމުން އެ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށާއި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށެވެ.