ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ގެ އެއްގަމު މަގު ހަދާތީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ އެއާޕޯޓަށް ވަންނަން މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގެވެ.
ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށް ޓެކްސީ ކިޔު ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި ބަދަލުތަކާއެކު ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ. އަދި ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުންނެވެ.
މިއީ އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ގެނައި ބަދަލެކެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް