މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ފިރިހެން ދަރިފުޅުކަން އެނގިއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވީ އުމުރުން 17 އަހަރުގެ ކުއްޖާއެވެ. އެ ކުއްޖާ ވަނީ މަރުވެފަ އެވެ. އެއީ އަޝްފާ އާއި ތޭރަވާގެ ދަރިފުޅެވެ.
ދެން އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލްގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖަކަށާއި މާފަންނު ބަސް ޓާމިނަލް ކުރިމަތީ ކަފިހި ހުރަހުން މަގު ހުރަސް ކުރި 40 އަހަރުގެ މީހެކެވެ.
އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. ދެ މީހުންގެ ހާލު ވަރަށް ސީރިއަސް އެވެ.
ރެއިންގެ ތަދު ފިލުވާލަދިން "ހޯމް ރިމެޑީސް" ވަރެއް ނެތް!
3 މަހުން 20 ކިލޯ ލުއި ކޮށްލަން ބޭނުންތަ؟
އަނގަ ފާރުވުމަކީ ހީކުރާ ވަރުގެ އާދައިގެ ކަމަކަށް ނުވެދާނެ!
