އީރާނުގެ ޔުރޭނިއަމް މުއްސަދިކުރުމުގެ ޕްރޮގްރާމް ނުހުއްޓޭނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދިޔަ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއްވިއިރު، އަރަގްޗީ ވިދާޅުވީ، ލިބުނު ގެއްލުންތައް ބޮޑުކަމަށާއި، މިވަގުތަށް އެ ޕްރޮގްރާމް ހުއްޓާލިކަމަށެވެ. އެހެންނަމަވެސް އެއީ އެގައުމުގެ ސައިންސްވެރިންގެ ކާމިޔާބީއެއްކަމަށާއި، އެއަށްވުރެ ބޮޑަށް އެއީ އީރާނުގެ ފަހުރާ މެދު އުފެދޭ ސުވާލެއް ކަމަށެވެ.
އިޒްރޭލާއެކު އެމީހުންނަށް ވާގިވެރިވާ އެމެރިކާއިން ވެސް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ލިބުނު ގެއްލުންތައް އީރާނުގެ އެޓޮމިކް އޯގަނައިޒޭޝަނުން ބަލަމުން އަންނަ ކަމަށް އަރަގްޗީ ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުގެ ކުރިން، އީރާނުން ވަނީ އެމެރިކާ އާ އެކު ނިއުކްލިއާ މަޝްވަރާތަކުގެ 5 ބުރު ބާއްވާފަ އެވެ. އޮމާން މެދުވެރިއަކަށްވެގެން ކުރިއަށް ދިޔަ މި މަޝްވަރާތަކުގައި އީރާނުން ޔުރޭނިއަމް މުއްސަދި ކުރަން ޖެހޭ މިންވަރާ މެދު ދެ ފަރާތުން ވެސް އެއްބަސްވެފައެއް ނުވެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ބުނާ ގޮތުގައި، ހަނގުރާމައިގެ ކުރިން އީރާނުން ވަނީ އަވަހަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދޭނެ ވަރުގެ ގާބިލުކަމަށް ވާސިލްވާން ގާތްވެފަ އެވެ. އެހެންނަމަވެސް އީރާނުން ބުނާ ގޮތުގައި އެމީހުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެގައުމުގެ ބޭނުމަށް އެކަންޏެވެ.
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދައްތަ ހައްޔަރުކޮށްފި
ފެރީ އެއްބަސްވުން ބާތިލްކުރުމުން 11 މިލިއަން ޑޮލަރު ހޯދަން ކޯޓަށް