ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެރިންތަކެއް ސަސްޕެންޑްކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި އެވެ.
މިގޮތުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް ހުންނެވި ޑރ. ފާތުމަތު ޝިއުނީ އާއި ޗީފް ޕްލޭނިން އޮފިސަރަކަށް ހުންނެވި އަހުމަދު ޒިނަފު އަދި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު މުހައްމަދު އިލްހާމެވެ.
މައުލޫމާތި ލިބޭ ގޮތުގައި އެމީހުންނަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ، ވަޒީފާގެ ޒިންމާތަކުން އެކަހެރި ކުރި ކަމަށް އެ ބޭފުޅުންނަށް އަންގާފައިވާކަމަށާއި، އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ.
"އީމެއިލް ވެސް އަދި އޮފީހަށް ވަންނަ އެކްސެސް ވެސް ވަނީ ކަނޑާލާފައި، އެމީހުންނަށް އޮފީސް އިމާރާތުގެ ތެރެއަށް ވެސް އަދި ނުވަދެވޭނެ އަމިއްލަ އަކަށް، އެމީހުންނަށް ވާންވީ ގޮތެއް ވެސް އަދި ނޭނގޭ، ކަނޑާލި ކަމެއް އަދި ޔަގީނެއް ނޫން،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ސަސްޕެންޑުކުރި އެޗްޑީސީގެ ތިން ވެރިންގެ އިތުރުން އެޗްއާރުގެ ޑިރެކްޓަރަކާއި އެ ޑިޕާޓްމެންޓުގެ އެސިސްޓެންޓު ޑިރެކްޓަރެއް ވެސް ސަސްޕެންޑުކުރިއިރު، އަދިވެސް އިތުރު ފަރާތްތަކަށް ފިޔަވަޅު އަޅަން މެނޭޖްމަންޓުން ރާވާފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެ އެވެ.
"ލޯވްރޭ މިއުޒިއަމް"އިން ވަގަށް ނެގި ޖަވާހިރުތަކަށް ނަޒަރެއް!
"ކިޔުކީ ސާންސް ބީ ކަބީ ބަހޫތީ"ގައި ބިލް ގޭޓްސްގެ ފެނިލުމެއް؟
ފިޔާ ސާފު ކުރުމަށްފަހު ތޮށިތައް އުކާނުލާތި!