ދާރުއްސަލާމް (13 އޭޕްރީލް)- އީރާނަކީ މެދުއިރުމައްޗަށް އޮތް ބިރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިޒްރޭލުން އެ ގައުމުގެ ސިޔާދަތު ހިފަހައްޓަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކްވަމުން ނަތަންޔާހޫ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ހޯދުމުގެ މަސައްކަތް އީރާނުން ހުއްޓާލާފައި ނުވާ ކަމަށާއި ނަމަވެސް އިޒްރޭލުން އެފަދަ ހަތިޔާރު އުފައްދަން އެ ގައުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ އިޒްރޭލު ނެތިކޮށްލަންކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އީރާނުގެ ނަޓަންޒް ނިއުކްލިއާ ބޭސްއަށް ދިން ހަމަލާތަކަކީ އިޒްރޭލުން ދިން ހަމަލާތަކެއް ކަމަށް ބުނެ އީރާނުން ކުރާ ތުހުމަތުތަކަށް އެއްވެސް ރައްދެއް ނަތަންޔާހޫ ދެއްވާފައެއް ނުވެ އެވެ.

ނަމަވެސް އީރާނުން ބުނަނީ އެ ގުއުމުގެ ނިއްކްލިއާ ޕްރޮގްރާމަކީ މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ޔަގީންކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނާއި އިޒްރޭލާ ދެމެދު އޮތް ނުތަވަސްކަން ނައްތާލާ ސަރަހައްދީ ސެކިއުރިޓީ ޔަގީންކުރަން ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަން އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. –- އަލް އަރަބިއްޔާ