ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް އިއްވި ސުންދަރަ ލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީގާ އަކީ ދިވެއްސެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ލަންޑަނުގެ ކޯޓަކުން ހުކުމްކުރި އެ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.
އެފަދަ ކަންކަމުގައި ސައްހަ ނޫން މައުލޫމާތާއި އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކަށް ލަންޑަނުގެ ކޯޓަކުން ޖަލު ހުކުމްކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރާފަ އެވެ.
ހަނގުރާމަ ވަރުގަދަވެ، ސައުދީއަށް ހޫތީން ގިނަ ހަމަލާތަކެއް ދީފި
ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް
ކަރީނާގެ "ޑާއެރާ"އަށް ސެންސަރު ބޯޑުން "އޭ" ކެޓަގަރީގެ ރޭޓިންއެއް!
