ބޮލީވުޑްގެ އެންމެ ސްޓައިލިޝް އަދި ވަރުގަދަ އެއް އެކްޓަރު ރަންވީރު ސިންގް، މަޝްހޫރު އޮޓޯމޯބައިލް ކުންފުނި ބީއެމްޑަބްލިއު އިންޑިއާގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
މި މަގާމާއެކު އޭނާ ވަނީ ނިއުދިއްލީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ އާ "ސެވަން ސީރީޒް" ރޭންޖުގެ ކާރުތައް ރަސްމީކޮށް ބާޒާރަށް ނެރެދީފަ އެވެ.
ރަންވީރު ސިންގްގެ ޝަހުސިއްޔަތުގައި ހުންނަ އާދަޔާހިލާފު ފޯރިއާއި ލަގްޒަރީ ދިރިއުޅުމުގެ ވައްޓަފާޅި ބީއެމްޑަބްލިއު ފަދަ ޕްރީމިއަމް ބްރޭންޑަކާ ވަރަށް ބޮޑަށް ގުޅޭކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.
އެގޮތުން މި ޕާޓްނަޝިޕްގެ ދަށުން ބީއެމްޑަބްލިއުގެ އާ އިސްތިހާރުތަކާއި މާކެޓިން ކެމްޕެއިންތަކުގައި ރަންވީރު ފެނިގެންދާނެ އެވެ.
ނިއުދިއްލީގައި އޮތް މި ހަފުލާގައި، ބީއެމްޑަބްލިއު 7 ސީރީޒްގެ އެންމެ ފަހުގެ މޮޑެލްތަކުގެ ފުރިހަމަކަމާއި ޒަމާނީ ޓެކްނޮލޮޖީ ރަންވީރު ވަނީ މީޑިއާއަށް ދައްކާލާފަ އެވެ.
ރަންވީރު ވަނީ އޭނާއަކީ އަބަދުވެސް ބީއެމްޑަބްލިއު ކާރުތަކަށް ލޯބިކުރާ މީހެއްކަމަށާއި، މި ބްރޭންޑާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.
160 ފަހި ފްލެޓް ހިފަހައްޓައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހަނީ
އެމާއާއި ކޮޑީގެ ކައިވެނީގެ އެންމެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި