މިސްރުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 20 މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

މިސްރުގެ ގާހިރާގައި ދުއްވާފައި ދިޔަ ބަހެއް ސިމެންތި ބަރުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބަސް ދުއްވަން އިން ޑްރައިވަރުގެ ފަރުވާ ކުޑަކަމާއި، މަގުތަކުގެ ހާލަތު އޮތްގޮތުން ކަމަށް މީޑިއާތަކުން ބުނެ އެވެ.

ފަހަކަށް އައިސް މިސްރުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތައް ގިނިވެ، އާއްމުންގެ ފުރާނައަށް ގެއްލުން ވަމުންދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ފާއިތުވި މާޗް މަހު ޣިޒާ ޕްރޮވިންސްގައި ޕިކަޕަކާއި މިނީ ބަހެއް ޖެހި 18 މީހުން މަރުވެފައިވާއިރު، ދެ ރޭލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 20 މީހަކު މަރުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.