ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އަހްމަދު ޝަމާހު ރަޝީދު އައްޔަންކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބެއް ނޭނގެ އެވެ. އޭނާ ވަކިކޮށްފައި ވަނީ މާލޭގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ބޮއްސުންލާފައިވާ ދަނޑިވަޅެއްގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް އައްޔަންކުރި ޝަމާހު އަކީ މިފްކޯގެ އެމްޑީ ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މާލޭ ސިޓީގެ ޑެޕިޔުޓީ މޭޔަރުކަން ވެސް ކުރައްވާފަ އެވެ.
މިފްކޯގެ ސީއީއޯ ކަމުން މިދިޔަ އަހަރު ވަކިކުރުމުގެ ކުރިން ޝަމާހު ސަސްޕެންޑުވެސް ކުރި އެވެ. އޭނާ ވަކިކުރީ މައްސަލައެއް ބެލުމަށްފަހު އެވެ.
ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އޭނާ އޭރު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
އިންޑިއާގެ އެންމެ އަގުބޮޑު ޓީވީ ހޮސްޓުންނަކީ މިއީ!
ކުރަން ބޭނުން ކޮންމެ ކަމެއް މުޖާޒު ކުރާނެ!
ސުވާލާއި ޖަވާބު: ރޯދައަށް ހުރެ ނިޔަފަތި ކެނޑޭނެތަ؟
