ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކީންނަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކޮށް ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓް އަމުރެއްގެ ދަށުން ވަނީ ހިފެހެއްޓިފައި،" ފުލުހުން ބުންޏެވެ.
އެ މީހުން ނުފޫޒުފޯރުވަނީ ޝަރީއަތުގައި އޮތް ކޮން މައްސަލައެއްގެ ހެކީންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ސޯލިހު މަޝްވަރާކުރަނީ
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
