ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެކަން ދިރާސާކުރަން މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ. އަދި ނާސިހަކީ މިހާތަނަށް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާ އެވެ.
މުޖުތާޒު ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމް އަދާކުރައްވާފަ އެވެ.
ނާސިހަކީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އައްޑޫ ކައިރިއަށް 5.2ގެ ބިންހެލުމެއް: ނުރައްކަލެއް ނެތް
ނާގޮށި ނިންމައި އަހަރެއް ތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން
ކިއުގައި ތިބި 70 އަހަރުން މަތީގެ މީހުނަށް ހައްޖުގެ ފުރުސަތު ދެނީ
