ކުޑަކުދިންގެ ހާޒިރުގައި ހަޑިހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައަކާ ގުޅިގެން ޓިކްޓޮކް ލައިވްތަކުގައި މަޝްހޫރު އާމިނަތު ފޭޒްލީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:38 ހާއިރު، ގދ. ތިނަދޫގައި ހުއްދަ ނެތި މީހަކު ގެއަކަށް ވަދެ އެގޭގައި ކުޑަކުދިން ތިއްބައި ހަޑިހުތުރުބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރުދީފއިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގދ. ތިނަދޫ، ފޫޓް ލައިޓްއާގެ، އާމިނަތު ފޭޒްލީން،49، ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފޭޒްލީން އަކީ ޓިކްޓޮކް ލައިވްތަކުގައި ވެސް ހަޑިހުތުރުބަނުން ވާހަކަދާ މީހެއްގެ ގޮތުގައި ފާހަގަވެފައިވެ އެވެ.