ފަސް އަހަރަށްފަހު ބޮލީވުޑްގެ އެކްޓަރު އަދި ސުޝާންތު ސިންގް ރާޖްޕުތުގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރޮބޯތީގެ ޕާސްޕޯޓު އޭނާއަށް އަނބުރާ ދީފި އެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި ފަސް އަހަރު ވަންދެން ރިއާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތީ މައްސަލަ ކުރިއަށްދާތީ އޭނާ ގައުމުން ބޭރަށް ދިއުން ހުއްޓުވުމަށެވެ.
މިދިޔަ ހުކުރު ދުވަހު އެކަން އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ރިއާ ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގެ ދެވަނަ ބައި ކަމަށާއި އެ ތަޖުރިބާއަށް ތައްޔާރު ކަމަށެވެ.
ސުޝާންތުގެ މަރާއެކު 2020 ވަނަ އަހަރު ފެންމަތިވި ޑްރަގް މައްސަލައެއްގައި ރިއާއާއި އޭނާގެ ބޭބެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރިއަށް ގޮސްފައިވެ އެވެ.
ތަހުގީގަށްފަހު ކަފާލާތުގެ ދަށުން ރިއާ މިނިވަންވި ނަމަވެސް ހުކުރު ދުވަހާ ހަމައަށް އޭނާގެ ޕާސްޕޯޓު އޮތީ އިންޑިއާގެ ނާކޮޓިކްސް ބިއުރޯގެ ބެލުމުގެ ދަށުގަ އެވެ.
ރިއާގެ ޕާސްޕޯޓު ލިބުމާއެކު ބޮލީވުޑްގެ ތަރިންގެ އިތުރުން އާއްމުން ވެސް އަންނަނީ އޭނާއަށް މަރުހަބާ ކިޔައި އާ ފެށުމަކުން ފަށަން ހިތްވަރު ދެމުންނެވެ.
އޮޓޮޕްސީއާ މެދި ގޮތެއް ނުނިންމޭތީ އައްޑޫ ދެމަފިރިން ވަޅުނުލެވޭ
ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް: އެމްއެމްއޭ
ސިނގިރޭޓް ވައްކަން: ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ހައްޔަރު