އަވަށްޓެރި އިންޑިއާގެ ވެރިކަންކުރާ ރަށް ކަމަށްވާ ނިއު ދިއްލީގެ ޖައްވު ރެކޯޑް މިންވަރަށް ނުސާފުވެ ސިއްހީ ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ހިންދޫންގެ އީދެއް ކަމަށްވާ ދިވާލީއަށްފަހު ޖެހިގެން އައި ދުވަހު ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ ޖައްވު ފުސްވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
މިއީ ދިވާލީ ފާހަގަ ކުރުމުގެ ގޮތުން ދިއްލީގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ އާއްމުން ބަޑިބޭސް ބޭނުން ކުރުމުން އެއިން ނުކުތް ދުމުގެ ނަތީޖާ އެވެ.
އެގޮތުން ބުދަ ދުވަހާ ހަމައަށް އައިއިރު ދިއްލީގެ ވައިގެ ފެންވަރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ މިނަށްވުރެ އެތައް ގުނައެއް ދަށަށް ގޮސްފަ އެވެ.
"އަލީގެ އީދު"ގެ ނަމުގައި ފާހަގަ ކުރެވޭ އެ ދުވަހު މުޅި އިންޑިއާ އެކި ދިއްލުންތަކުން ދިއްލާލެވޭއިރު ބަޑިބޭސް ވެސް އާއްމުކޮށް ބޭނުން ކުރެވެ އެވެ. މިފަދަ ބަޑިބޭސްތަކަކީ އެއިން ތިމާވެށްޓަށް ގެއްލުންދޭ އެތައް މާއްދާއެއް ބޭރުކުރާ އެއްޗެކެވެ.
އެހެން ނަމަވެސް އެ ތަކެތިން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއެކު އިންޑިއާގެ ސަރުކާރުންނާއި މަޝްހޫރު ޝަހްސިއްޔަތުން އަންނަނީ ތިމާވެށްޓާ ރައްޓެހި ގޮތަކަށް ދިވާލީ ފާހަގަ ކުރަން ބާރު އަޅަމުންނެވެ.
ދިއްލީގެ ވައި އިންތިހާއަށް ނުސާފު ވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ.
މީގެ އިތުރުން ވެސް ދަނޑުވެރިކަމާއި އެ ނޫން ވެސް މަސައްކަތްތަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު ހަމަޖައްސައިފި
އޮޓޮޕްސީއާ މެދި ގޮތެއް ނުނިންމޭތީ އައްޑޫ ދެމަފިރިން ވަޅުނުލެވޭ