މިދިޔަ މަސް ތެރޭ ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ފުލުސް މީހާ ހިނެނޭހެން ޖުމްލަ ހަތް މީހަކު ކ. ތުލުސްދޫ ގެސްޓްހައުސް އަކުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި ފުލުހަކީ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު އެވެ.
އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 20 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ތިން ފިރިހެނުންނާއި އަންހެނެއްގެ އިތުރުން 26 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ.
އެ ފުލުސް މީހާ މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
"ޕްރޮފެޝަނަލް ސްޓެންޑާޑްސް އިން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ވަނީ ލަފާ ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
ކަރަންޓުގައި ޖެހުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފައި
ބޮލީވުޑްގައި "ފިރިހެނުން" ނޫޅޭ ކަމަށް އަޖޭ ބުނީ ކީއްވެ؟
