ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 64 މީހަކު އަނބުރާ އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ގީލާ ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ އާއިލާތަކުން މީހުން ދޫކޮށްލާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެއީ ފަރުވާ ދިނުމަށްފަހު އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްކުރާ ތަނަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
މީގެ އިތުރުން އެ މަރުކަޒުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު 1 އިން ފެށިގެން ވަނީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ދަށަށް ބަދަލުކޮށްފަ އެވެ. ގީލާ މައުލޫމާތު ދެއްވި ގޮތުގައި، ނޮވެމްބަރު 2023 އިން ފެށިގެން މި އަހަރުގެ އޮގަސްޓު 10 އާ ހަމައަށް 64 މީހަކު އާއިލާތަކާ ވަނީ ހަވާލުކޮށްފަ އެވެ. އަދި މިވަގުތު ވެސް އެ މަރުކަޒުގައި 201 މީހަކު ބަލަހައްޓަމުންދާ ކަމަށް ގީލާ ވިދާޅުވި އެވެ.
މީގެއިތުރުން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ފުރަތަމަ އެހީއާއި އިމޯޝަނަލް ސަޕޯޓް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިން މެދުވެރިކޮށް މިހާތަނަށް 23،000 އަށްވުރެ ގިނަ ކޯލަށް ޖަވާބުދީފައިވާކަން ވެސް ގީލާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ވާދަކުރައްވަނީ
"އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އިން އެންގިގޮތަށް"
ވިލިމާލޭގެ ދުވަސްވީ ނިކަގަސް ކެނޑި މައްސަލަ ނުބަލަން: ފުލުހުން