އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަންނަ ހަފްތާ ތެރޭގައި އިންޑއާއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.

ބޮރިސްގެ މިނިންމެވުމަކީ އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވެފައިވާ ދަނޑިވަޅެއްގައި މިފަދަ ދަތުރެއް ކުރުމަކީ އެންމެ މުނާސަބު ކަމެއް ނޫން ކަމަށް ވާތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމުވެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާ އެކު އޮތް ގުޅުން ބަދަހި ކުރުމަކީ ޔޫރަޕިއަން ޔޫނިއަން ގައި ނުހިމެނޭ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ހިންގުމަށާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި ނުފޫޒު ގަދަ ކުރުމަށް އިނގިރޭސި ވިލާތުން ކުރަމުން އަންނަ މަސައްކަތަށް ބާރު ލިބޭނެ ކަމެކެވެ.

އިނގިރޭސި ވިލާތުން ވަނީ އަންނަ ޖޫންމަހު އެގައުމުގައި އޮންނަ ޖީ-ސެވަން ސަމިޓުގައި ބައިވެރިވުމަށް އިންޑިއާ އަށް ދައުވަތު ދީފަ އެވެ. -- ރޮއިޓާސް