ދިގު މެދުކެނޑުމަކަށްފަހު ކުރީގެ އެކްޓްރެސް އަދި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރު މޭގަން މާކަލް އަލުން ފިލްމީ މަސައްކަތްތައް ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މޭގަން ވަނީ ކުރިއަށް އޮތް ހޮލީވުޑް ފިލްމެއްގެ ޝޫޓިން ފަށާފަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ.
އަދި ނަން ހާމަކޮށްފައިނުވާ އެ ފިލްމަކީ "އެމިލީ އިން ޕެރިސް"ގެ ތަރި ލިލީ ކޮލިންސްއާއި ޖެކް ކުއައިޑް މުހިއްމު ރޯލުތަކުން ފެނިގެންދާ ފިލްމެކެވެ.
ބުނެވޭ ގޮތުގައި މޭގަން މި ފިލްމު ކުޅެން އެއްބަސްވެފައިވަނީ ފިލްމުގެ އުފެއްދުންތެރިންނަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިން ތަކަކަށް ވާތީ އެވެ.
އިނގިރޭސި ޝާހީ އާއިލާގެ މެމްބަރު ޕްރިންސް ހެރީއާ ކައިވެނި ކުރުމުގެ ކުރިން މޭގަން އަކީ މަޝްހޫރު ސީރީޒް "ސޫޓްސް"އިން ފެނިގެންދިޔަ ތަރި އެކެވެ.
އެހެން ނަމަވެސް ކައިވެންޏަށްފަހު ޝާހީ އާއިލާގެ ގަވާއިދުތައް ހުއްދަ ނުދޭތީ މޭގަން ވަނީ ފިލްމީ މަސައްކަތްތަކުން ދުރަށްޖެހި އެކްޓް ކުރުން ހުއްޓާލާފަ އެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!
ސައުދީ އާއި އޮމާނަށް ހަމަލާތައް ދިނީ އެމެރިކާއިން ކަން ހާމަވެއްޖެ