ވައި ނުސާފު ވުމުގެ ސަބަބުން އިންސާނުންގެ ކަށި ފީވުމަށް މަގުފަހިވާކަމަށް އެންމެ ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
ކޮލަމްބިއާ ޔުނިވާސިޓީގައި ހެދި މި ދިރާސާގައި ބުނާގޮތުން ވައި ނުސާފުވުމަކީ ކަށިތަކުގައި ހުންނަ މިނަރަލްސްގެ މިންވަރު ދަށްކުރުވާ ކަމެކެވެ. ނަތީޖާއަކަށް ވަނީ ކަށިތައް ފީވެ، ބަލިކަށި ވުމެވެ.
އެގޮތުން މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މައިބަދައަށް ކަމަށާއި ވައިނުސާފު މާހައުލުތަކުގައި އުޅޭ މީހުންނަށް މައިބަދައިގެ މައްސަލަތައް ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ހަ އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އެކި މީހުންގެ ކަށިތަކުގައި ހުންނަ މިނަރަލްގެ މިންވަރު ހޯދައިގެން ކުރި މި ދިރާސާއަކީ ކަށީގެ ބަލިތަކަށް ފަރުވާކުރުމުގައި ހޯދުނު އިތުރު ކާމިޔާބީއެއް ކަމަށް ދިރާސާކުރި ސައިންސްވެރިން ބުނެ އެވެ.
ވައި ނުސާފު މާހައުލުތަކުގައި އުޅޭ މީހުންގެ ކަށިތައް އާއްމުކޮށް އުމުރުން ދުވަސްވުމުން ކަށި ފީވާ މިނަށް ވުރެ ހަލުވިކަމާއެކު ފީވާކަމަށް ވެސް ދިރާސާގައި ހޯދިފައިވެ އެވެ.
މިގޮތަށް ކަށި ފީވުމުގެ މައްސަލަ ފިރިހެނުންނަށް ވުރެ ބޮޑަށް ޖެހުން ގާތީ އަންހެނުންނަށް ކަމަށާއި ސަބަބަކަށް ވަނީ އަންހެނުންގެ ކަށިތަކުގައި މިނަރަލްސް ހުންނަ މިންވަރު ފިރިހެނުންނަށް ވުރެ ދަށްވުންކަމުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މިގޮތަށް ކަށި ފީވުމުގެ ސަބަބުން ފަސޭހައިން ހުޅުން ނެއްޓުމާއި އަތްފައި ބިންދައިގެން ދިއުމާއި ބަދަތައް ދުރުވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ.
މި ދިރާސާގެ ހޯދުންތައް މިހާރު ވަނީ އީ ކްލިނިކް މެޑިސިންގައި ޝާއިއުކޮށްފަ އެވެ.
މަސައްކަތުގައި 20 އަހަރު، ބޭނުންވަނީ ކުރިއެރުން
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ޑަޔާނާގެ މަރާ ގުޅޭގޮތުން އާދަޔާ ހިލާފު ވާހަތަކެއް