މަޝްހޫރު ތަރިން ގެންގުޅެނީ އަގުބޮޑެތި އެއްޗެއްސެވެ. ލަނީ ވެސް އަގުބޮޑު ހެދުމެވެ. އަޅަނީ އަގުބޮޑު ގަހަނާ އެވެ. އެއިން ތަރިއަކު ބޭނުންކޮށްލާ އަތް ދަބަހެއްގައި ވެސް އާއްމު މީހެއްގެ މަހު މުސާރައިގެ އަގު ހުންނާނެ އެވެ.
އެގޮތުން ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންއަކީ ފާހަގަ ކޮށްލެވޭ ތަރިއެކެވެ. އޭނާގެ އަތުގައި އަގުބޮޑު އެތައް ދަބަހެއް އެބަހުއްޓެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ދަބަސްތަކަށް ބަލާލާނަމެވެ.
ސެލީން ޓޯޓް ބޭގް
މިއީ ދިޕިކާއަށް މާކަމުދާ ދަބަހެއް ކަމަށް ލަފާކުރެވެ އެވެ.ދީޕިކާ ވަނީ އެކި ފަހަރުމަތިން އެކި ދުވަސްދުވަހު މި ދަބަހާ އެކީ ފެނިގެންގޮސްފަ އެވެ. އެ ދަބަހަކީ އެތައް ހެދުމަކާއި ގުޅޭ ދަބަހަކަށްވުމުން ކަމުގައި ވެދާނެއެވެ. މި ދަބަހުގެ އަގަކީ 2.8 ލައްކަ ރުޕީސް (3,809ޑޮލަރު) އެވެ.
ލުއި ވިޓޯން
މިއީ ދިޕިކާ ގެންގުޅޭ ދަބަސްތަކުގެ ތެރެއިން އަގުބޮޑު އެއް ދަބަހެވެ. މި ދަބަހުގެ އަގު އުޅެނީ 257،000 އިންޑިއާ ރުޕީސް (3496 ޑޮލަރު) އެވެ.
އާމޭސް ކެލީ ބޭގް
މިއީ ދިޕިކާ ގެންގުޅޭ އެންމެ އަގުބޮޑު އެއް ލަގްޒަރީ ދަބަހެވެ. ބްރައުން ކުލައިގެ ލެދާ ކެލީ އެ ދަބަހުގެ އަގު އުޅެނީ 800،000 ރުޕީސް (1,088,484 ޑޮލަރު) ގަ އެވެ. ދިޕިކާ އަޅާ ބައެއް ހެދުމާއެކު، އެ ދަބަސް ބޭނުން ކުރެ އެވެ.

ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!