ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިމަސައްކަތުގެ ދަށުން ޓާމިނަލާ އިންވެގެން ދެ ފަންގިފިލާގެ އިމާރަތެއް ތަރައްގީކުރާނެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން ދަނީ އައިލޭންޑް އެވިއޭޝަން ސާވިސެސްއިންނެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.
މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. އެއާޕޯޓު ޓާމިނަލާ އިންވެގެން އެ އިމާރާތް އެޅުމުން މިހާރުވެސް ކުޑަވެފައިވާ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ އެވެ. މިއާއެކު މުޅި ޖުމްލަ ޓާމިނަލް ޖާގައަށް 12476 އަކަފޫޓު އިތުރުވާނެ އެވެ.
މިމަޝްރޫއު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އާ ޓާމިނަލަށް އާ އިމާރާތެއް އައުމާއެކު ގިނަ ހިދުމަތްތައް ފުޅާވެގެން ދާނެ އެވެ. އެގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މަޝްރޫއު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ގާއިމްކުރެވޭނެ އެވެ. އަދި ގްރައުންޑް ފްލޯގައި ހަތަރު ސީއައިޕީ ލައުންޖް ގާއިމްކުރެވޭނެ އެވެ.
މިމަޝްރޫޢުގެ ސަބަބުން އެއަރޕޯޓު ބޭނުން ކުރާ ރައްޔިތުންނަށް އަދި ބޭރުގެ ފަތުރުވެރިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖާ ޓާމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން ފަޔާ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖާ ޖެޓީ ވަނީ ގާއިމުކޮށްފަ އެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ އެއް ވަނަ ދުވަހު އެވެ.
ތަފާތު ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ތަފާތު!
ކޮމިޓީގައި އޭސީސީން އެދުނީ ބަޖެޓު ބޮޑުކޮށްދޭން
މީހަކު މަރާލި ގައިދީއަކު ހުޅުމާލެ ޖަލުން ފިލި
