ހެލްތް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބާއްވަމުންދާ ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ އެވެ.
އާންމުންނަށް ބައިވެރިވެވޭ މި އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ސްޓޯލްއިން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތް، އައިވީއެފް، އެމެޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެއެވެ.
އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާރްކްގައި ނޮވެމްބަރު 13، 15 އަދި 16، މި ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މިއީ އާންމު ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ފަރާތުން މައުލޫމަތު ލިބިގެންދާނެ ވަރަށް ފުރިހަމަށް ފުރުސަތެކެވެ.
މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ފަސް ދާއިރާއަކުން މަޢުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
- ޑައެޓް އެންޑް ނިއުޓްރިޝަން: ކްލިނިކަލް ޑައެޓީޝަންސް ކަމަށްވާ ރީބާ އާއި އައިޝާގެ ބައިވެރިވުމާއެކު.
- އައިވީއެފް އެންޑް ރީޕްރޮޑަކްޓިވް ހެލްތު: ޑރ. ޒަކިއްޔާގެ ބައިވެރިވުމާއެކު.
- ޑެންޓަލް ހެލްތު: ޑރ. އިލްހާމް އާއި ޑރ. ރީޝާގެ ބައިވެރިވުމާއެކު.
- ފެމިލީ މެޑިސިން: ޑރ. އަމިތޭޝްގެ ބައިވެރިވުމާއެކު.
- އެމަޖެންސީ މެޑިސިން: އެމެޖެންސީ ހަލަތުގުއި ފަރުވާތަށް ކުރިއަށް ދާގޮތުގެ މައުލޫމާތު ހިއްސާކުރުން
މި އެކްސްޕޯގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ޚިދުމަތްތައް ތައާރަފުކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީން އެދެނީ މި އިވެންޓްގެ ބޭނުން އެންމެހާ ރައްޔިތުން ހިފުމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހޮދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ކެނެޑާގެ މި ފެންގަނޑު މަގުބޫލު މަންޒިލަކަށް!
ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރަށް
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ
