ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ނިންމައި އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަންދީގެ މައްޗަށް ކުރި ހުކުމުގައި ވަނީ ސާޖިދާ އާއި މުއިއްޒުގެ ދަރިކަލުން އުމެއިރުގެ ކަރާމާތް ނަގާލި ކަމަށެވެ. އެ ގޮތުން އުމައިރު އަށް ގެއްލުމެއް ލިބިފައިވާނަމަ، ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މައްސަލަ ބަލަން ފުލުހުންގެ މައްޗަަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީ ނަމަވެސް އެފަދަ އަމުރެއްގެ ވާހަކައެއް ހުކުމުގައި ނުވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން މައްސަލަ ބަލާކަށް ވެސް އަމުރުކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒުގެ ދަރިފުޅާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މަންދީގެ މައްޗަށް މަދަނީ ދަޢުވާއެއް ހުށަހެޅީ މި އަހަރުގެ މާޗު މަހު އެވެ.
މި މައްސަލައާ ގުޅޭގޮތުން ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު ޢާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްގެ ދަރިފުޅު އުމައިރު މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން މަންދި ދެއްކި ވާހަކަތަކަކީ އޭނާ އަށް ނުރައްކާވެދާނެ ވާހަކަތަކެއް ކަމަށާއި އަދި އޭނާގެ ތަޢުލީމަށާއި މުސްތަޤްބަލަށް ނޭދެވޭ އަސަރުކޮށްފާނެ ވާހަކަތަކެއް ކަމަށެވެ. އަދި މި ވާހަކަތަކަކީ ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ގަދަރަށް އުނިކަން ގެނެސްފައިވާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
އާޒިމާ ވިދާޅުވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތުން މަންދީގެ މައްޗަށް މި މައްސަލަ ހުށަހެޅީ، މި ވާހަކަތަކުގެ ސަބަބުން އޭނާގެ ޢާއިލާގެ ނަމާއި އަބުރު ރައްކާތެރިކުރުމަށް ގާނޫނުއަސާސީން ލިބިދޭ ހައްގު ނިގުޅައިގެންފައި ވާތީ ކަމަށެވެ.
އޭގެ ކުރިން ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވަނީ މަންދީ އާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، އަދި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ.
މަންދީގެ ގާނޫނީ ވަކީލު ވިދާޅުވީ މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ބަލާފައިވަނީ މަންދި ދެއްކި ވާހަކައާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން އެ ވާހަކަތައް ކުށްވެރިކޮށް ނެރެފައިވާ ބަޔާންތަކަށް ކަމަށެވެ.
މަންދީގެ ވަކީލް މައުރޫފް ވިދާޅުވި މަންދީއާ ދެކޮޅަށް ހުށަހަޅާފައި ހުރި ބަޔާންތަކަކީ ކަމެއް ތަހުގީގު ކޮށް، ތަހުގީގެއްގެ މައްޗަށް ބިނާކޮށް ނެރުނު ބަޔާންތަކެއް ނޫން ކަމަށް ކޯޓުގައި ބުނެފައިވާނެ ކަމަށެވެ. އެހެން ކަމުން އެފަދަ ބަޔާންތަކެއްގެ މައްޗަށް މައްސަލާގައި ގޮތެއް ނުނިންމޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އެހެން ނަމަވެސް ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ދިފާއުގައި ވަކީލުން ދެއްކި ވާހަކައިގެ މައްޗަށް ރިއާޔަތް ކޮށްފައެއް ނުވެ އެވެ.
މަންދީ ދެއްކި ވާހަކަ އާ ގުޅިގެން ޗިލްރެންސް އޮމްބުޑްސް ޕާސަން އޮފީހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުންނާއި، އިލެކްޝަންސް ކޮމިޝަނުން ވަނީ އުމެއިރުގެ ދިފާއުގައި ބަޔާންތައް ނެރެފަ އެވެ.
ސިވިލް ސާވަންޓުން ކޮފީގައި ގިނަ ވަގުތު ހޭދަކުރުން ހުއްޓުވަން ޖެހޭ
"އަލްވަދާއު"ގެ ޓައިޓަލް ލަވަ މާދަމާ ނެރެނީ!
ސިކުނޑީގެ ބަލިތަކަކީ ވާރުތަވާ ބަލިތަކެއް: ދިރާސާ