އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) އިން އަސްކަރީ ދާއިރާގެ ދެ އިސްތިރާޖީ އިސްނެގުމެއް ކަމުގައިވާ "ކޮމްޕިޓެންސް" އަދި "ސައިބާ" އިއްޔެ މާލޭ ގައި ލޯންޗުކޮށްފި އެވެ.

މި ދެ ޕްރޮގްރާމް ލޯންޗުކޮށްފައިވަނީ، ހޯމް މިނިސްޓަރު އަލީ އިހްސާނާއި، އައިއެމްސީޓީސީ ގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ގިނަ އަދަދެއްގެ މަދަނީ އަދި އަސްކަރީ އިސް ބޭފުޅުންނާއި، ޑިޕްލޮމޭޓުންގެ ހާޒިރުގަ އެވެ.

"ކޮމްޕިޓެންސް" ޕްރޮގްރާމް ފޯކަސްކުރަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ އަސްކަރީ މައިދާނުގެ ތައްޔާރީވުން އިތުރަށް ވަރުގަދަކުރުމަށެވެ. މީގެ ތެރޭގައި ވަކިން ހާއްސަކޮށް، ކަނޑުގައި އަޅާފައި ހުންނަ މައިންތަކާ މެދު ކަންތައް ކުރާނެގޮތް ހިމެނެ އެވެ. އެ ގޮތުން މީގެ ތެރޭގައި ހިމެނެނީ، ތިއަރީ އާއި، އަމަލީގޮތުން އެކަންކަން ކުރާނެ ގޮތް ގުޅުވާލައިގެން، ކަނޑުގައިއަޅާ މައިންތަކުގެ ވައްތަރުތަކާއި، އެ ފަދަ މައިންތަކުގެ މެކޭނިޒަމްތަކާއި، މައިން ނައްތާލުމުމުގެ ރައްކާތެރި ގޮތްތައް އޮޅުންފިލުވައިދޭ ހާއްސަ ކޯސްތަކާއި، ޒަމާނީ އާލާތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިންގޭ މައިން ދެނެގަތުމާއި (ޑިޓެކްޝަން)، މައިން ސާފުކުރުމާއި (ކްލިއަރެންސް)، ކަނޑުއަޑީގެ އޮޕަރޭޝަންތަކާ ބެހޭ ފުޅާ ދާއިރާއެއްގެ ޢަމަލީ ތަމްރީނެވެ.

"ސައިބަރ" ޕްރޮގްރާމް ގެ މަޤްޞަދަކީ، ޑިޖިޓަލް ޙިމާޔަތް، ތްރެޓް ޑިޓެކްޝަން، ސައިބަރ ހަމަލާ، ރެސްޕޮންސް މެނޭޖްކުރުމާ ބެހޭ ހާއްސަ ޕްރޮގްރާމްތަކުގެ ޒަރީޢާ އިން ދިވެހިރާއްޖޭގައި ވަރުގަދަ ސައިބަރ ސިސްޓަމްތަކެއް ގާއިމްކޮށް، ގައުމީ އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ހަރުދަނާކުރުމެވެ.

ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި، އައިއެމްސީޓީސީ އާއި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ ވަނީ ގުޅިފައިވާ ތަމްރީނު ދިނުމުގެ ލިޔުމުގައި ސޮއިކޮށްފައެވެ. މި ލިޔުމުގައި ހިމެނެނީ، ޢަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތައް ދިނުމަށާއި، ތަޖްރިބާތައް ހިއްސާކުރުމަށާއި، ނުރައްކާތަކާ ކުރިމަތިލެވޭ ވަރުގެ ގުޅިފައިވާ ޤާބިލިއްޔަތުތައް އުފައްދުމަށް ޓަކައި އިސްތިރާޖީ އޮނިގަނޑެކެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސައުދި އަރަބިޔާގެ ދިފާއީ ވަޒީރު އަދި އައިއެމްސީޓީސީ ގެ ދިފާއީ ވަޒީރުންގެ ކައުންސިލްގެ ޗެއާމަން ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލް ޢަޒީޒު ދެއްވާ އެހީތެރިކަމާއި، އަމިއްލަފުޅަށް ދެއްވާ ސަމާލުކަން ފާހަގަކުރެއްވި އެވެ. އެގޮތުން، އައިއެމްސީޓީސީ ހިންގާ ގޮތާއި، މެމްބަރު ޤައުމުތަކުގެ ޤާބިލިއްޔަތުތައް ބިނާކޮށް، އުފެދެމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމާ ކުރިމަތިލުމުގައި، ޕްރިންސް ޚާލިދު ދެއްވާ އިރުޝާދާއި، އިސްތިރާޖީ ތަސައްވުރު އިސް ދައުރެއް އަދާކުރާކަން ފާހަގަކުރެއްވި އެވެ.

މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލް މުޣައިދީ ދެއްކެވި ވާހަކަފުޅުގައި، މި ދެ ޕްރޮގްރާމް ލޯންޗުކުރުމުގެ ސަބަބުން، މެމްބަރު ޤައުމުތަކުގައި ގައުމީ ގާބިލިއްޔަތުތައް އުފައްދުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކޮށްދީ، ފިކުރިއްޔާތާއި، މުވާސަލާތާއި، ކައުންޓާ ޓެރަރިޒަމް މާލިއްޔަތާއި، އަސްކަރިއްޔާ ފަދަ ކައުންޓަރ ޓެރަރިޒަމްގެ ބަހާތަކަށް އެހީތެރިވުމުގައި އައިއެމްސީޓީސީ ގެ ތަސައްވުރު އަންގައިދޭކަން ފާހަގަކުރައްވައި، އެ މުއައްސަސާއާއި، ދިވެހިރާއްޖެ އާ ދެމެދު އުފެދިފައިވާ ޕާޓްނާރޝިޕަށް ތަޢުރީފުކުރެއްވި އެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމީ ސަލާމަތް ރައްކާތެރިކޮށްދެވޭނެ ފަދަ އެކުއެކީގައި މަސައްކަތްކުރާނެ ވަރުގަދަ ސައިބާ ސިސްޓަމްތަކުގެ އިތުރަށް ޒަމާނީ ސެކިއުރިޓީ މާހައުލުތަކަށް ކުރިއަރާފައިވާ 'އޮޕަރޭޝަނަލް ރެޑިނަސް' (ނުވަތަ ހިންގުމުގެ ތައްޔާރީވުން) ބޭނުންވެއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ބާރުއަޅުއްވައި ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އާއި އެ ޖަމާޢަތާ ދެމެދު އުފެދިފައިވާ މި އެއްބަރުލުމުން ދައްކުވައިދެނީ، ޓެރަރިޒަމާއި، ހުރިހާ ވައްތަރެއްގެ ޙައްދުފަހަނައަޅާދިއުމާ ކުރިމަތިލުމުގައި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަމެވެ. އެއާއެކު، އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓެރަރިޒަމް އަކީ ސަރަޙައްދީ އިމެއް ދަނެގަންނަ އެއްޗެއް ނޫން ކަމާއި، އެންމެންނަށް އަމާޒުކުރާ ކަމާއި، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުޖްތަމަޢުތަކުގެ އިސްތިޤްރާރަށް ނުރައްކާކުރެއެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އަށް އައިއެމްސީޓީސީ އިން ވެދެމުން އަންނަ އެހީތެރިކަމަށް ތައުރީފުކުރައްވައި، މިއަދު ލޯންޗުކުރި ދެ ޕްރޮގްރާމުން ޢަސްކަރީ އަދި ޑިޖިޓަލް ގާލިއްޔަތުކަން ކުރިއެރުވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ހިމެނިފައިވާ ކަމަށާއި، އައިއެމްސީޓީސީ އާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ސަބަބުން، ގައުމީ ގާބިލިއްޔަތުތައް ވަރުގަދަކުރުމަށާއި، ސަލާމަތާއި، އިސްތިގްރާރުކަން ހިމާޔަތްކުރުމުގައި ދައުލަތުގެ ގާބިލިއްޔަތުކަން ވަރުގަދަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަން ވަކިން ބޮޑަށް ބާރުއަޅުއްވައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ނިންމާލީ، "ކޮމްޕިޓެންސް" އަދި "ސައިބާ" މި ދެ ޕްރޮގްރާމް ލޯންޗުކުރުމަކީ، އައިއެމްސީޓީސީ އާއި، ދިވެހިރާއްޖެ އާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ރާސްތާ ގައި މުހިއްމު ހިސާބަކަށް ދެވިއްޖެކަން އަންގައިދޭ ކަމެއް ކަމާއި، މި ކަމުގެ ސަބަބުން، ތަމްރީނުދިނުމާއި، ތަރައްޤީކުރުމާއި، ކެޕޭސިޓީ އުފެއްދުމުގައި ގުޅިގެން ކުރާ މަސައްކަތުގެ އާ މަރުޙަލާއަކަށް މަގުފަހިކޮށްދޭކަމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރަޙައްދީ ސަލާމަތަށް މަގުފަހިކޮށްދޭ ކަމާއި، ޓެރަރިޒަމާއި، ހުރިހާ ވައްތަރެއްގެ ޙައްދުފަހަނައެޅުމާ ކުރިމަތިލުމުގައި ޤައުމީ ތައްޔާރީވުން ހަރުދަނާކޮށްދޭކަން އަލުން ކަށަވަރުކޮށްދެމުންނެވެ.

ފާހަގަކޮށްލުން މުހިއްމު އެއް ކަމަކީ، މި އިސްތިރާޖީ ޕްރޮގްރާމްތަކަކީ، އަސްކަރީ ތައްޔާރުވުމާއި، ސައިބާސެކިއުރިޓީ ވަރުގަދަކޮށްދޭ ރަނގަޅު ފެންވަރުގެ ކުރިއަރާފައިވާ ޕްރޮގްރާމްތަކުގެ ޒަރީޢާއިން މެމްބަރު ޤައުމުތަކަށް އެހީތެރިވެދީ އެ ޤައުމުތަކުގެ ޤައުމީ ޤާބިލިއްޔަތުތައް އިތުރުކުމަށާއި، އަލަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށް އައިއެމްސީޓީސީ އިން ކުރާ މަސައްކަތުގެ ބައެއް ކަމެވެ. މި ފިޔަވަޅުތަކުގެ ޒަރީޢާ އިން، މެމްބަރު ގައުމުތަކުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި، ސަރަޙައްދީ އިސްތިޤްރާރުވުމަށް އެހީތެރިވެދިނުމަށާއި، ކުރިއަށް ވުރެ ކާމިޔާބުކަމާ އެކު ޓެރަރިޒަމާއި، ޙައްދުފަހަނައަޅާދިއުމާ ކުރިމަތިލެވޭ ފަދަ ގުޅިފައިވާ އޮނިގަނޑަކާއިގެން ކުރިޔަށް ދިޔުމަށް އެ ޖަމާޢަތުން ޢަޒުމްކަނޑައަޅާފައިވާކަން އައިއެމްސީޓީސީ އިން ކަށަވަރުކޮށްދެ އެވެ.