ކްރިމިނަލް ކޯޓުގެ ގާޒީ ހުސެން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ފަނޑިޔާރު ހުސެން ފާއިޒު މަގާމުން ވަކިކުރުމަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެންދިޔަ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވުމުން ކަމަށެވެ.
ޖޭއެސްސީ އިން ބުނީ ފަނޑިޔާރު ފާއިޒްގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 33 ވަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 2.1 އާއި، 3.1 ގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށް ވެސް ޖޭއެސްސީ އިން ބުންޏެވެ.
ގާޒީ ފާއިޒު މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރު ކުރުމުންނެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްސަލަ ވެސް ބަލަނީ ގާޒީ ފާއިޒް އެވެ.
އޮސްކާގެ ހާދިސާއަށްފަހު ވިލްގެ ދިރިއުޅުން ބަދަލުވި ގޮތް!
ސްކޫލް ހުޅުވޭއިރަށް ފްލެޓްތަކަށް އެންމެންނަށް ވަދެވޭނެ: ރައީސް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް ކަނޑައަޅަނީ