އިނގިރޭސި ރާނީ ކުއީން އެލިޒަބަތަށް އަންގާރަ ދުވަހު 95 އަހަރު ވީ އެވެ. އެ ކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ފަސްދާނުވެޑުވީ އިހަކަށް ދުވަހު އެވެ. އެލިޒަބަތަކީ މިވަގުތު ދުނިޔޭގައި ތަޚުތެއްގައި ރެދަނލި ކުރައްވަމުންގެންދަވާތާ އެންމެ ގިނަދުވަސްވީ ރާނީ އެވެ. އެކަމަނާގެ ޒަމާންވީ ރަނިކަމުގެ ތާރީޚުގައި ދުވަހަކު ވެސް އަތް ދަބަހަކާ ނުލައި ނުފެނެ އެވެ. އެހެންކަމުން އެ ދަބަހަކީ ކޮންފަދަ މުހިންމު އެއްޗެއްބާއޭ ސުވާލު އުފެދެ އެވެ.
އާންމު ގޮތެއްގައި އަތްދަބަހުގައި ހުންނާނެ ފަދަ ސާމާނަކީ ރާނީ އަށް ފަހަރެއްގައި ވެސް އުފުއްލަވަން ޖެހިވަޑައި ގަންނަވާނެ ތަކެއްޗެއް ނޫނެވެ. މިސާލަކަށް ވޮލެޓާއި ފޯނާއި ތަޅުދަނޑިއާއި ބޭންކް ކާޑާއި ނަގުދު ފައިސާ ފަދަ އެއްވެސް އެއްޗެއް ކުއީނަކަށް ގެންގުޅުއްވާކަށް ނުޖެހޭނެ އެވެ. އެހެންކަމުން ކުއީންގެ އަތް ދަބަހުގައި ވަނީ ކޮންފަދަ އެއްޗެއްތޯ ސުވާލު ކުރާ މީހުން ގިނަ އެވެ. ޚާއްސަ ކޮށް އެދަބަހާ ވަކިން ދުވަހަކު ވެސް ކުއީން ފެނިފައި ނުވާތީ އެއިގެ މުހިންމުކަން ވަރަށް ބޮޑުވާނެ ކަމަށް ވެސް މީހުން ދެކެ އެވެ.
ރާނީގެ ހޭންޑް ބޭގް ދުށުމުގެ ނަސީބު ލިބިފައިވާ ބައެއް މީހުން ބުނާ ގޮތުގައި އެއިގައި ހުންނަނީ ވަރަށް އާދައިގެ އެއްޗެއްސެވެ. އޭގެ ތެރޭގައި ރީޑިންގް ގްލާސްއަކާ ޕާކަރް ގަލަމަކާ ކުޑަރުމާލެއް ހިމެނެ އެވެ. މިއިން އެއްވެސް އެއްޗަކީ އެކަމަނާ އާންމުކޮށް ބޭނުން ކުރައްވާ އެއްޗެއް ނޫނެވެ. އާންމުންގެ ތެރޭގައި ދުވަހަކު ވެސް އަތްދަބަސް ހުޅުވައި، އެއިން އެއްޗެއްގެ ބޭނުމެއް ވެސް ނުކުރައްވަ އެވެ.
ކުއީން އަކީ ޑިޒައިނާ ހާންޑްބޭގް ބްރޭންޑެއް ކަމަށްވާ "ލޯނާ"ގެ ވަރަށްބޮޑު ފޭނެކެވެ. 1950 ގެ އަހަރުތަކުގެ ތެރޭގައި ކުއީންގެ މަންމަ ލޯނާ ބޭގެއް ބައްލަވައިގަތީއްސުރެ، އެކަމަނާ ވަނީ އެ ދަބަސްތަކާ ވަރަށް ބޮޑަށް ހިތްޕުޅާ ހަމަކުރައްވާފަ އެވެ. މި ބްރޭންޑުގެ 200 އަށް ވުރެ ގިނަ ދަބަސް އެކަމަނާ ގެންގުޅުއްވާ ކަމަށްވެ އެވެ. ސުވާލަކީ އަތްދަބަސް ކުއީނަށް މިހާ މުހިންމީ ކީއްވެ ހެއްޔެވެ؟
ދަބަހުގެތެރޭގައި އެކަމަނާ އުފުއްލަވާ އެއްޗަކަށް ވުރެ އެކަމަނާގެ އަތްދަބަހުގެ މުހިންމުކަން ބޮޑުވާ އެހެން ސަބަބެއް އޮވެ އެވެ. އެއީ އެ ދަބަސް މެދުވެރި ކުރައްވައި އެކަމަނާގެ މުވައްޒަފުންނާ މުއާސަލާތު ކުރެއްވުމެވެ.
ޖަލްސާއެއްގައި އެކަމަނާ ހިތްޕުޅާވެގެން އިންނަވާ ނަމަ ދަބަސް އޮންނާނީ އެކަމަނާގެ ވާތްފަރާތުގަ އެވެ. އެކަމަނާ އެ އިވެންޓެއްގައި ފޫހިފުޅުވެ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އިންނަވާ ނަމަ ދަބަސް ކަނާތްޕުޅު ފަރާތުގައި ބާއްވާނެ އެވެ. އެކަމަނާ އެތަނަކުން ނިކުމެ ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގެންފިނަމަ ދަބަސް ބާއްވާނީ މޭޒު މަތީގަ އެވެ.
އިނގިރޭސި ޝާހީ ވެރިކަމަކީ ވަރަށް ޒަމާންވީ އާދަކާދަތަކަކާއި ސަގާފަތެއްގެ މައްޗަށް ބިނާވެފައި އޮންނަ ރަސްކަމެކެވެ. ވަރަށް ބޮޑެތި ކަންތަކުން ފެށިގެން ހީވެސް ނުކުރާފަދަ ކުދިކުދި ކަންތައްތައް ވެސް އެ ސަގާފަތުގައި ތަރުތީބުވެފައިވެ އެވެ. ރާނީގެ ހޭންޑް ބޭގަކީ ވެސް އެފަދަ އެއްޗެކެވެ.
ވަރަށް ވިސްނުންތެރި ސްޓައިލް އެއް ????
ޖަނގިޔާ ފަތިފުށުން ލައިފިނަމަ އޭގެ މާނައަކީ ރާނީ ކިހިނެއް ހައްދަވަން އުޅުއްވަނީތޯ