ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާންއާއި ކާޖޮލްގެ ބްރޮންޒް މޮނިއުމެންޓެއް އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ދައްކާލައިފި އެވެ.

އެ މޮނިއުމެންޓަކީ އެ ދެމީހުން އެކުގައި ފެނުނު 1995 ވަނަ އަހަރުގެ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ"އަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރު ކޮށްފައިވާ މޮނިއުމެންޓެކެވެ.

އެ މޮނިއުމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހްރުކް ޚާންއާއި ކާޖޮލް ވެސް ބައިވެރިވެފައިވާއިރު އެ ދެމީހުން ވަނީ މޮނިއުމެންޓްއާ އެއްގޮތަށް ހުރެ ފޮޓޯ ވެސް ނަގާފަ އެވެ.

https://www.instagram.com/p/DR2XkvzCEcx/?utm_source=ig_embed&ig_rid=2dfc29be-2edd-4456-b6ec-57172d8f2a0e

ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ"ގެ މަންޒަރެއް ދައްކުވައިދޭ އެ މޮނިއުމަންޓް ހުރީ ލަންޑަނުގެ ލެއިސެސްޓީ ސްކޮއާގަ އެވެ. މިއީ ބޮލީވުޑްގެ ފިލްމަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިކަން ފާހަގަ ކުރަން ޝާހްރުކް ޚާން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.

ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ"އަކީ އެންމެ ގިނަ ދުވަސް ވަންދެން ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ފިލްމެވެ. މުމްބާއީގެ ބައެއް ސިނަމާތަކުގައި މިހާރު ވެސް އެ ފިލްމު ދައްކަމުންދެ އެވެ.