ވެރިކަމަށް އެރުމުގެ ކުރިން ރައިސް މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ވާނުވާ ބަންދު ނައްތާ ނުލެވުމުނުމަކަށާއި މައްސަލައަކީ އެއީ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައިސް ޔާމީން ވިދާޅުވީ، ވާނުވާ މިކިޔަނީ ޝަރީއަތް ނިމެންދެން، ޝަރީއަތެއް ނުހިނގާ ދަންމާލައިގެން އެތައް އަހަރެއް ވަންދެން ބަންދުގައި ތައިތިއްބުމަށް ކަމަށެވެ. އަދި މި ދެއްކެނީ ކުށުގަ ތިބޭ މީހުންގެ ވާހަކައެއް ނޫން ކަމަށާއި މި ދެއްކެނީ ތުހުމަތުގައި ތިބޭ މީހުންގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ވާނުވާ މައްސަލަ އުޅޭ ނަމަ އެކަމަށް އެޓެންޑުވާން ޖެހޭނީ ގާނޫނު ޑިޕާޓުމަންޓްތަކުން ކަމަށެވެ. އަދި އެކަމަށް އެޓެންޑުވާނީ ޕޮލިޓީޝަނުންނެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
މައްސަލައަކަށް ވަނީ މި ތުހުމަތުތައް ކޯޓުގެ އަމުރާ ނުލާ ޕޮލިހުންގެ ފޭކް ލިޔުމަކާއެކު ޖަލަށް ލާތީ ކަމަށްވެސް ރައިސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް މިފަދައިން ވިދާޅުވި އިރު، އެމްޑީޕީ ސަރުކާރުގައި ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވެސް ގެންދަވަނީ އެ ދައުވާތައް ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެއީ އުވާލެވޭނެ ބަންދެއް ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވައުދު ބޮލާލާ ޖަހާފައިކަން ވެސް ފާހަގަކޮށްލެވެ އެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒުއަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި
ފީފާގެ ސުލްހައިގެ އިނާމް ޓްރަމްޕަ އަށް
ޑައެޓް ކޯކާއި ޒީރޯ ކޯކުގެ ތަފާތަކީ ކޮބާ؟