އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި މާރާމާރީ އަކާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑުކޮށްފި އެވެ.
އައްޑޫ ހައި ސްކޫލުގައި މި މާރާމާރީ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރުގައި އެވެ.
މި މައްސަލައާ ގުޅިގެން ދަރިވަރު ސަސްޕެންޑް ކުރިއިރު، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ވެސް ސަސްޕެންޑް ކޮށްފަ އެވެ.
މި ހަމަ ނުޖެހުމުގެ މަންޒަރުތައް ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، މި ވީޑިއޯ އިން ފެންނަނީ ކުލާސްރޫމެއްގައި ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހަމަނުޖެހުން ހިންގާ މަންޒަރެވެ. އެގޮތުން ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރާއި ދަރިވަރު ޓީޗަރުގެ ގައިގައި އެކިފަހަރުމަތިން ޖަހާ މާރާމާރީ ހިންގާތަން ވެސް ފެނެ އެވެ.
އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލައެވެ. އަދި ދަރިވަރު ވެސް ފަހުން އަތްލައެވެ.
އެ ވީޑިއޯގެ އިތުރުން އެ ދަރިވަރު އެހެން ބިދޭސީ ޓީޗަރަކަށް އުނދަގޫކުރާ ތަން ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއަށް ގިނަބަޔަކު ފާޑުކިޔާ ހިޔާލުފާޅުކުރަމުން އަންނައިރު، ވަރަށް ގިނަ ބަޔަކު ވަނީ ދަރިވަރުގެ ފަރާތުން ފެނުނު އަމަލުތައް ކުށްވެރިކޮށް ޓީޗަރުގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އަނެއް ބަޔަކު ޓީޗަރުގެ އަމަލުތައް ކުށްވެރިކޮށް ދަރިވަރުގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފައި އެވެ. އަދި ދަރިވަރަށް އެކަމުގައި ފިޔަވަޅު އަޅަންވާނެ ކަމަށް އެއްބަޔަކު ބުނާއިރު، އަނެއްބަޔަކު ބުނަމުން އަންނަނީ ޓީޗަރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގްރޭޑް 12 އަށް ކިޔަވަން ފެށި އެ ދަރިވަރު މިހާރުވަނީ ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޝަން އުވައިލާނީ އަހްލާގީ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ގްރޭޑް ނުވައަކުން ފެށިގެން އަހްލާގީ އެކި މައްސަލަތަކުގައި ޑިސިޕްލިން ރެކޯޑު ވެސް އޮތް ދަރިވަރެކެވެ. އަދި އެ ދަރިވަރުގެ ފަރާތުން ބިދޭސީ ޓީޗަރަށް، ބުލީކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް މީގެ ދެ ހަފުތާއެއްހައި ދުވަސްކުރިން ފެށިގެން ލިބެމުން އަންނަކަމަށް ވަނީ އެނގިފަ އެވެ.
ދަރިވަރާއި ޓީޗަރާ ދެމެދު ހިނގި މި ހާދިސާގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ