ސިވިލް ކޯޓުން ދޭ ހިދުމަތްތަކުން ނަގާ ފީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ހިދުމަތުގެ ފީއަށް މި ބަދަލުތައް ގެންނަން ފާސްކޮށްފައިވަނީ، ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިދިޔަ ބުދަ ދުވަހުއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މިހާރު އަމަލުކުރަމުންދާ ސިވިލް ކޯޓުގެ ހިދުމަތްތަކަށް ފީ ނެގުމުގެ އިދާރީ އުސޫލުގައި އޮންނަގޮތުން، އެއްބަސްވުމާއި ލިޔުން ރަޖިސްޓްރީކުރުން އަދި ތަސްދީގުކުރުމަށް ނަގަނީ 100ރ.ގެ ފީ އެކެވެ. މި އުސޫލު އަންނަ މަހުން ފެށިގެން ބަލާނެއެވެ.
އާ އުސޫލުގައިވާގޮތުން އެއްބަސްވުމެއް ނުވަތަ ލިޔުމެއް ރަޖިސްޓްރީކޮށްދިނުމަށް 2500ރ. ފީއެއް ނަގާނެ އެވެ.
އެއްބަސްވުމެއް ނުވަތަ ލިޔުމެއް ތަސްދީގުުކުރުމަށް 1500ރ.ފީއެއް ނަގާނެ އެވެ.
ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދިނުމަށް 500ރ ފީއެއް ނަގާނެ އެވެ.
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ އިދާރީ ފީ އަށް - 100ރ ނަގާއިރު، އެ ރިޕޯޓުގެ ޕްރިންޓު ކޮޕީ ނަގާނަމަ ސަފުހާއަކަށް 5ރ ނަގަ އެވެ.
ކޯޓަށް ހުށަހަޅާ ދައުވާ ފޯމާއި ކޯޓު އަމުރާއި ވަގުތީ އަމުރަށް އެދޭ ފޯމު ރަޖިސްޓްރީކުރުމާގުޅޭ ހިދުމަތްތަކުން ނަގާ ފީ އުޅެނީ، 100ރ. އާއި 1000 ދެެމެދުގަ އެވެ. ތަރިކައިގެ މައްސަލަތަކާއި ވާރިސުން ސާބިތުކުރުމުގެ މައްސަލަތައް ރަޖިސްޓްރީކުރަން ނަގަނީ 100ރ އެވެ.
އެ ނޫން ދައުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ރަޖިސްޓްރީކުރަން ނަގަނީ 300 ރުފިޔާ އެވެ.
ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލުކުރަން ނުވަތަ ބަދަލުކުރަން ހުށަހަޅާނަމަ 400 ރުފިޔާ ނަގާނެ އެވެ.
ދައުވާކުރާ ފަރާތް ހާޒިރުނުވެގެން ބާތިލުކުރާ މައްސަލަތައް ހުކުމްކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަން ފޯމު ރަޖިސްޓްރީ ކުރުމަށް ނަގާ 400ރ.ގެ އިތުރަށް 1000ރ؛ ނަގާނެ އެވެ.
ވަގުތީ އަމުރެއް ނުވަތަ ކޯޓު އަމުރަކާއެކު މައްސަލައެއް ހުށަހަޅާނަމަ 500 ރުފިޔާ ނަގާނެ އެވެ.
ދައުވާ ހުށަހެޅުމުގެ ކުރިއަށް ހުށަހަޅާ ވަގުތީ އަމުރާއި ކޯޓު އަމުރު ރަޖިސްޓްރީކުރަން 500 ރުފިޔާ ނަގާނެ އެވެ.
ތަރިކަ އާއި ވާރިސުންގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ރަޖިސްޓްރީ ފީގެ އިތުރުން މައްސަލަ ރައްދުވާ މީހުންގެ ނިސްބަތުން ފޯމާއި ފޯމާއެކުގައިވާ ލިޔެކިއުންތަކުގެ ކޮންމެ ސަފުހާއަކަށް ދެ ރުފިޔާ ނަގާނެ އެވެ.
ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓް އަދިވެސް ނުފެނޭ!
ސައިފް އާއި ނާޒިމާ އަލުން އެމްޑީޕީއަށް
އިންތިހާބަށް ވަޒީފާތައް ބަހާލަން ސެކިއުރިޓީ ޔުނިޓެއް އުފައްދައިފި
