ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާން އަނެއްކާވެސް ޒުވާން އަންހެން ކުއްޖަކަށް ފުރައްސާރަ ކޮށްފި އެވެ.
އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ފުރައްސާރައާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި، ޒުހުރުބާން މިފަދަ އަމަލެއް ތަކުރާރު ކުރެއްވި މީ ދެވަނަ ފަހަރެވެ.
މިފަހަރު ޒުހުރުބާން ފުރައްސާރަ ކުރެއްވީ ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ޒުވާން އަންހެން ކުއްޖަކު ދެއްކި ވާހަކައާ ގުޅިގެންނެވެ. އެ ކުއްޖާއަށް މަލާމާތް ކުރުމުގެ ގޮތުން ޒުހުރުބާން ވަނީ ފޭސްބުކްގައި އެ ކުއްޖާގެ ފޮޓޯ ޝެއާކޮށް ފުރައްސާރަ ކޮށްފަ އެވެ.
މީގެ ކުރިން ޒުހުރުބާން ވަނީ މާލޭގެ ގެއަކުން ވެއްޓުނު ޔުމްނު ރަޝީދުގެ މައްސަލައިގައި މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި ޒުވާނުންނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފަ އެވެ. އެ ފަހަރު އޭނާ ވަނީ އިންސާފަށް އަޑުއުފުލާ ޒުވާނުންނަކީ އެއްވެސް އުޅުމެއް ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އެފަހަރުވެސް އާއްމުންގެ އެތައް ފާޑުކިޔުމެއް އެނާއަށް އަމާޒުވި ނަމަވެސް، މިނިސްޓްރީއިން އާއި ސަރުކާރުން ވެސް އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އާ އަހަރާއެކު ބަދަލުވީ ކޮން ކަމެއްތަ؟
މަމްދާނީ ހަތިމުގައި އަތްލައި މޭޔަރުކަމުގެ ހުވާ ކުރައްވައިފި