މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހި ފަރުވާ ދެމުން އަންނަ ދިވެހި ފިލްމު ޑިރެކްޓަރު އަހުމަދު ނިމާލްގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އާއިލާގެ ފަރާތުން ނިމާލްގެ ދަރި ޖުމައްޔިލް ނިމާލް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ބައްޕަގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި، އޭނާގެ ބައްޕައާ ގުޅުވައި ދޮގު ހަބަރުތައް ނުފެތުރުމަށް އެދޭ ކަމަށެވެ.
ޖުމައްޔިލް މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ނިމާލް ނިޔާވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އަޑު ފެތުރުމާއި ގުޅިގެންނެވެ. ނިމާލްގެ އަންހެން ދަރިއަކު ވެސް ވަނީ އޭނާގެ ބައްޕައާ ގުޅުވައި ދެކެވޭ ވާހަކަތައް ދޮގުކޮށް، ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.
ނިމާލަށް ސްޓްރޯކް ޖެހި ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް ޖެނުއަރީ 1 ވަނަ ދުވަހު ވަނީ އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރަށް ބަދަލުކޮށްފަ އެވެ. އަދިވެސް ނިމާލުއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަން އެނގިފައިވެ އެވެ.
ނިމާލަކީ 1980ގެ އަހަރުތަކުން ފެށިގެން ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަގުބޫލް މޮޅު އެކްޓަރެއްގެ އިތުރުން ގިނަ ފިލްމްތަކެއް ޑައިރެޓްކޮށްފައިވާ ޑިރެކްޓަރެކެވެ.
އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ފިލްމް ފާހަގަ ކުރެވެ އެވެ.
ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ނިމާލް ވަނީ ވަރަށް ގިނައިން ފެނިފައިވެ އެވެ. އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.
މި ފަހުން ރިލީޒް ކުރި ގިނަ ފިލްމްތަކުން ވެސް ނިމާލް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން "ކަނބުލޮ"، "ލިލީ" އަދި "އަލްވަދާއު"ގެ އިތުރުން "އިލްޒާމް"ގައި ވެސް ނިމާލް ވަނީ މުހިއްމު ރޯލްތަކެއް ކުޅެފަ އެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް 1991 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.
ހާއްސަ ހަފްލާތަކަށް ހެދުން އަޅަން އެހީއެއް!
ޕްރިޔަންކާ ބޮލީވުޑް ދޫކޮށްލަން ނިންމީ މިހެންވެ!
ދީދި ހުންނާނީ މީހެއްގެ ދަށު ނުވެ!