ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިސްމާއިލް މިގޮތަށް ވިދާޅުވިއިރު، "އިލްމުވެރިންގެ ގުޅުމުން" ވަނީ، ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސުގެ ދަރިވަރުން މައްސުނިނުކޮށް ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދޭން މިނިސްޓަރުގެ އަރިހުން އެދި ސިޓީއެއް ވެސް ފޮނުވާފަ އެވެ.
އެ ޖަމިއްޔާގެ އިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކޮށްފައި ކަމަށެވެ. ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނައި ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވެ އެވެ.
އެ ސިޓީގައި ވަނީ އައްޑޫ ހައި ސްކޫލުގެ ކުލާހެއް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއަށް އިޝާރާތްކޮށް، އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާގީ މައްސަލަތައް ކަމަށް ބުނެފަ އެވެ.
އެ ކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން ނޫސް "ސަން" އިން ސުވާލުކުރުމުން މިނިސްޓަރު މެސެޖުން ވިދާޅުވީ، އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވާ ކަމަށް ވެސް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވި އިރު، 2027 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގެ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ. އެކަން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ބަދަލުތަކުގެ ތެރެއިން، އަންހެން ދަރިވަރުންގެ ޔުނިފޯމް އެޅުން ހަރުކަށިކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔައިފައިވެ އެވެ.
އަންނަ މަހު 12 ގައި ތޮއްޑުއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ
އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ފާސްކޮށްފި
މަދޫރޯއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފި