ފިޔާއަކީ އަހަރެމެންގެ ކެއުމުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. އެއިން ހަށިގަނޑަށް ލިބޭ ފައިދާތައް ވެސް އަހަރެމެންނަށް އިވިފައި އޮވެދާނެ އެވެ.
ނަމަވެސް މިފަހަރު މިއޮތީ ފިޔާގެ މުޅިން ތަފާތު ވާހަކަ އެކެވެ. ފިޔާގެ ދިޔައަކީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދީ ރީތި އިސްތަށިގަނޑެއް ލިބިގަތުމަށް އެހީވެދޭ އެއްޗެކެވެ.
ފިޔާ ކޮށާލުމަށްފަހު މިކްސްޗަރުން ފުނޑާފައި ކުޑަ ފޮތިކޮޅަކަށް އެޅުމަށްފަހު އޭގެ ދިޔަކޮޅު ފެލާލާށެވެ. އަދި ދުވާލަކު އެއްފަހަރު އިސްތަށިތަކުގެ ބުޑުތައް މިދިޔަ ބޭނުންކޮށްގެން މަސާޖްކުރުމުން ގިނަ ފައިދާތަކެއް ލިބެ އެވެ.
އެގޮތުން ފިޔާއަކީ އެންޓި އޮކްސިޑަންޓްސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށްވުމުން އިރުގެ ދޯދިތަކުންނާއި ތިމާވެށިން އިސްތަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެ އެވެ.
މީގެ އިތުރުން ފިޔައަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފޭބުން މަދުކުރުމަށް އެހީވެދޭ މާއްދާއެއް ކަމަށްވާ ސަލްފާ މުއްސަނދި އެއްޗެއްކަމުން ފިޔާގެ ދިޔަ އިސްތަށިތަކުގެ ބުޑުގައި އުނގުމަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭނެ ކަމެކެވެ.
ފިޔަލުން ލިބޭ ފައިދާތަކާއެކު ވެސް މިދިޔަ ބޭނުންކުރުމުގައި ފަރުވާތެރިވާން ޖެހޭނެ އެވެ. އެގޮތުން އެލާޖިކް ރިއެކްޝަންއަކަށް ބަލަންވާނެ އެވެ. އަދި އުނގުޅާއިރު ލޮލަށް އެޅުނަ ނުދޭން ފަރުވާތެރިވާން ޖެހޭނެ އެވެ.
މި ކަންކަމަށް ބަލައިގެން ބޭނުންކުރާނަމަ ފިޔަލުގެ ދިޔައަކީ ރީތި އިސްތަށިގަނޑެއް ލިބިގަތުމަށް އޮތް މުޖައްރިބު ގޮތެކެވެ.
ރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސެންޓް ހިޔާރުކުރީ ގެސްޓްހައުސް
މާލެއިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
ސިޔާސީ މަގާމުތަކުގައި ތިބި 200 އަށްވުރެ ގިނަ މީހުން ވަކިކޮށްފި