ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ދަ ބްލަފް"ގެ ޓްރެއިލާ އާއްމު ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އެ ޓްރެއިލާއިން އެކަނި ވެސް އެ ފިލްމަކީ ޕްރިޔަންކާގެ ވަރުގަދަ ހުށައެޅުމެއް ފެނިގެންދާނެ ފިލްމެއްކަން އެނގެ އެވެ.
އެގޮތުން އެ ޓްރެއިލާގައި ފިލްމުގެ މުހިއްމު މަންޒަރުތަކެއް ފެންނައިރު ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ގިނަ ކަންތައްތަކެއް ވެސް އެކުލެވިގެންވެ އެވެ.
"ދަ ބްލަފް"އަކީ ކަނޑު ފޭރުމުގެ މާޒީއެއް އޮތް އަންހެނެއްގެ އާއިލާއަށް އޭނާގެ މާޒީގެ ހިޔަނި އެޅުމުން އެ އާއިލާ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.
މި ފިލްމަށްޓަކައި ޕްރިޔަންކާ ގިނަ ދުވަސްތަކެއް ވަންދެން އެކްޝަން ތަމްރީނުތަކެއް ހަދާފައިވާއިރު އޭނާގެ ހަށިގެނޑަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެ އެވެ.
މި ފިލްމުގައި ޕްރިޔަންކާގެ އިތުރުން ކާލް އާބަން ލީޑު ރޯލުން ފެނިގެންދާއިރު ސަފިއާ އޯކްލީ-ގްރީން، ޓެމުއޭރާ މޮރިސަން، އިސްމައިލް ކްރޫޒް ކޯޑޯވާ، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ރުސޯ ބްރަދާސްގެ އޭޖީބީއޯ އާއި އެމަޒަން އެމްޖީއެމް ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށް ފްރޭންކް އީ. ފްލާވާސްގެ ޑައިރެކްޓްކުރާ މި ފިލްމު ޕްރައިމް ވީޑިއޯއަށް އަންނާނީ ފެބްރުއަރީ 25ގަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ދަރިންނަށް ގިނަ ގެއްލުންތަކެއް!
ކައުންސިލް އިންތިހާބުގެ ޝަކުވާ ބަލަން ބިއުރޯއެއް އުފައްދައިފި
ސައިފް ބަލިކޮށް މައްޗަންގޯޅި އުތުރު އެމްޑީޕީ ޓިކެޓް ހައްޖައަށް