ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އެ ޕާޓީގެ އިންޓެރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އޭޕްރިލް 4، ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ނަން ހުށަހެޅުމުގެ ފުރުސަތު 1، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް އޮންނާނެ އެވެ.
މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާ މެދު ނިންމިގޮތް ވެސް މައި ޕޯޓަލް އިން ފެންނަން ހުންނާނެ އެވެ.
ޑިމޮކްރެޓްސް ވުޖޫދުކުރި އެންމެން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ. އެ ޕާޓީ ހިންގުމުގައި މިހާރު އިސްކޮށް އުޅެނީ ކޮން ބައެއް ކަމެއް އަދި ސާފެއްނުވެ އެވެ.
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
