ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަލުން ރިވައިސްކޮށް އިއްޔެ އާންމުކުރި އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަންގާރަ ދުވަހު ދިރާސީ އާ އަހަރު ފަށައި ކިޔެވުން ކުރިއަށް ގެންދާނީ އެއް މަސް ދުވަހަށެވެ. އޭގެ ތެރެއިން ކިޔަވައިދޭ ފަހު ހަފުތާ ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށެވެ. އެއީ އެ މަހުގެ 22 އިން 26 އަށެވެ.
އެއަށް ފަހު ޖެހިގެން އަންނަ ހަފްތާ ބަންދަށް ފަހު މާޗް 1 ވަނީ ޓީޗަރުންގެ ޕީޑީ ދުވަހަށެވެ. ޓީޗަރުންނަށް ހާއްސަ އެ ދުވަސް އެއް ހަފުތާގެ ނިޔަލަށް ކުރިއަށް ގެންގޮސް ނިންމާލާނީ އެ މަހުގެ 8 ގަ އެވެ. އެ ދުވަސްތަކުގައި ދަރިވަރުން ކިޔަވަން ސްކޫލަށް ދާން ނުޖެހޭ ދުވަސްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
އޭގެ ފަހުން އެ މަހުގެ 9 ވަނަ ދުވަހަކީ ރޯދައިގެ ފަހު 10 ފެށޭ ދުވަހަށްވުމުން، ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެކެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަސް ވަނީ މާޗް މަހުގެ 20 ވަނަ ދުވަހަށެވެ. ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވަން ފެށުމަށް ނިންމާފައި ވަނީ މާޗް 23 ގަ އެވެ.
ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް: ރައީސް
ބެކަމް އާއިލާގެ މެދުގައި ހާޖާނު ބޮޑުވެއްޖެ
ދީނަކީ އަހަރުމެންގެ މެދުގައި މައްސަލައެއް ނޫން: ސޮނާާކްޝީ