ގަލޮޅު ގައި ހުންނަ މާލެ ހިޔާ އެކެއްގެ ފުލެޓަކުން އުމުރުން 60 އަހަރުގެ މީހަކު ވެއްޓިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެމީހާ ވެއްޓިފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު އެވެ.
ފުލުހުން ބުނީ، ދިވެހި ފިރިހެންމީހާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުން ހިއްސާކޮށްފައިނު ވެއެވެ.
ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން އެމީހާ ހޮސްޕިޓަލަށް ގެންދަން ސްޓްރެޗާގައި އޮތްއިރު ބޮލާއި އަތުގައި ބެންޑޭޖު އަޅައިފައި ވެއެވެ.
މާ ގިނައިން ޓީވީ ބެެލުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް!
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!