އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް އައްޔަން ކުރުމަށް އެ ކޮމިޝަނުގެ ވަކީލެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި ރިފްއަތު އަބްދުﷲ ގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ ރިފްއަތުގެ ނަމެވެ. އެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
ރިފްއަތު މިހާރު ހުންނެވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރަކަށެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ.

ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް!
ވޯޓާ ގުޅޭ ގޮތުން އޮޅޭގޮތަށް މައުލޫމާތު ފަތުރާ: އޭޖީ އޮފީސް
ކައުންސިލްގެ ހުއްދަ ނެތި ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދެނީ