ކައިޒީން އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މަގުބޫލް މޮޑެލް އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މޮޑެލިން ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން ދަނިކޮށް އޭނާ މިވަނީ މޮޑެލްކުރުން ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ކޮށްފަ އެވެ.
ޓީވީއެމްގެ މިވަގުތު ޕްރޮގްރާމްގައި އިއްޔެ ވާހަކަ ވާހަަކަ ދައްކަމުން ކައިޒީން ބުނީ މޮޑެލިންގެ ދާއިރާއިން އޭނާ ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލް ވެއްޖެ ކަމަށާއި ދެން ބޭނުންވަނީ އާ ކުދިންނަށް ފުރުސަތު ދޭން ކަމަށެވެ.
ސިޔާސީ ދާއިރާ އަށް ޝައުގުވެރިކަން ފާޅުކުރަމުން އޭނާ ބުނީ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ސިޔާސީ ދާއިރާއަށް ވަނުމަކީ އެކަން ކުރަން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ކައިޒީން އިތުރަށް ބުނީ ސިޔާސީ ދާއިރާއިން އޭނާ ޝަހްސިއްޔަތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކަމަށާއި "ޑޭޓަކަށް" ދާން ފުރުސަތު ލިބިއްޖެނަމަ ދާން ބޭނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއެކު ކަމަށެވެ.
މޮޑެލިން ދާއިރާ ދޫކޮށްލި ކަމަށް ވިޔަސް ފިލްމީ ދާއިރާއިން އޭނާ ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނަމުން ކައިޒީން ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ.
ކައިޒީންގެ މި ނިންމުމާއެކު ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެ ޕާޓީތަކާ ގުޅުމަށް އޭނާއަށް ދައުވަތު ދީފަ އެވެ. އެގޮތުން ޕީޕީއެމްގެ ކައްނަސިލް މެމްބަރު ޒާހިދު ރަމީޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕާޓީއަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި ކައިޒީން އަށް ވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކައިޒީން ގެ އިންސްޓާގްރާމްގައި އެއްލައްކަ އަށްވުރެ ގިނަ ފޮލޯވަރުން އުޅެ އެވެ.
އަންނި އަކީ ދިވެހިންނަކަށް ހެޔޮއެދޭނެ މީހެއްނޫން.